ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށް ފަސް މީހަކަށް ނިއުރޭޑިއަންޓް ކުޅުންތެރިންނާ އެކު ރޯދަވީއްލުމެއް ލިބޭ ލަކީޑްޜޯއެއް އުރީދޫއިން ފަށައިފި އެވެ.

ރަމަޟާން މަހާ ދިމާކޮށް އުރީދޫ އިން ދަނީ "ތަފާތު ޕޯސްޓްްޕެއިޑް"ގެ ނަމުގައި ކޮންމެ ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބޭ ލަކީޑްރޯތައް ހުޅުވާލަމުންނެވެ. އެެގޮތުން މިހަފުތާގައި ހުޅުވާލި ލަކީ ޑްރޯގައި ބައިވެރިވާ ފަރާތްތަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ފަސް މީހުންނާ އެކު ނިއުރޭޑިއަންޓް ކުޅުންތެރިންނާ އެކު ރޯދަވީއްލުމުގެ ފުރުސަތު ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

އުރީދޫއިން ބުނީ އެ ލަކީ ޑްރޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން "THAFAATHU POSTPAID" ޖެހުމަށް ފަހު 929 އަށް އެސްއެމްއެސް ފޮނުވުމުން އެ އޮފާގައި ބައިވެރިވެވޭނެ ކަމަށެވެ.

އެސްއެމްއެސް ކުރާ ކޮންމެ ނަންބަރަކުން ވެސް ލަކީޑްރޯގައި ހިމެނޭނީ އެއް ފަހަރު ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

ރަމަޝާން މަހުގެ ފުރަތަމަ ހަފުތާގައި ހުޅުވާލި ލަކީ ޑްރޯގައި ގުރުއަތުން ހޮވުނު ފަރާތަށް 50 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ވަނީ ދީފަ އެވެ.

ތަފާތު ޕޯސްޓްޕެއިޑުން އަންނަ ހަފުތާގަައި ހުޅުވާލާ ލަކީ ޑްރޯއިން ގުުރުއަތުން ހޮވޭ ފަރާތަށް އައި ފޯން އެކްސްއެއް ދިނުމަށް ހަމަޖައްސައިފައިވާ އިރު ރަމަޟާން މަހުގެ އެންމެ ފަހު ހަފްތާގެ ލަކީ ޑްރޯއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިތާ ކަނޑުއަޑީގެ ރެސްޓޯރެންޓްގައި ދެ މީހަކަށް މެންދުރުގެ ކެއުމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

ތަފާތު ޕޯސްޓްޕެއިޑުގެ ދަށުން އުރީދޫއިން ވަނީ "ގްރޭންޑް ޕްރައިޒް" ނުވަތަ ބޮޑު އިނާމެއްދޭ ގޮތަށް ވެސް ނިންމައިފަ އެވެ. އެގޮތުން ގުރުއަތުން އޭގެން ހޮވޭ ފަރާތަކަށް ޜާއްޖޭގެ އެންމެ ބޮޑު ކްރޫސް ހޮޓަލުގައި ހަތަރު ރޭ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.