ވޮޝިންޓަން (މޭ 27): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ތަނަށް ބަދަލު ނާންނަ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ އެސަމިޓު ކެންސަލް ކުރަން ނިންމެވިކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރެއްވުމަށް ފަހުގައި އެވެ.

"އުތުރު ކޮރެއާއާ އެކު ބާއްވާ ސަމިޓާ [ގުޅުން ހުރި ކަންތައްތައް] ދަނީ ރަނގަޅަށް. އެހެންވީމަ މިބަލަނީ ޖޫން 12އިގައި ސިންގަޕޫރުގައި [ސަމިޓު ބޭއްވުމަށް]. އެކަމަށް ބަދަލެއް ނާދޭ،" ޓްރަމްޕް ވިދާޅުވި އެވެ.

އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސް ވަނީ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން މިހަފްތާ ބަންދުގައި އެމެރިކާގެ ޓީމެއް ސިންގަޕޫރަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ އެމެރިކާ އާއި އެގައުމުގެ ސަމިޓު ބާއްވަން ކިމް ބޭނުންފުޅުވާ ކަމަށް ބުނެފަ އެވެ. ކޭސީއެންއޭ އިން އެފަދައިން ބުނީ ދެ ކޮރެއާގެ ލީޑަރުން ކުއްލި ގޮތަކަށް އިއްޔެ ި ފަހުންނެވެ.

އެބައްދަލުވުމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ދެކުނު ކޮރެއާގެ މީޑިއާއިން ބުންޏެވެ. (އަލްޖަޒީރާ)