06 Sep 2011, 21:24
އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަމުންދާ މީހުންގެ ލަގެޖުތައް އުފުލައިދި ނުމުގައި ދިވެހި ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހުޅުލޭގައި ގާއިމްވެތިބި، މެރިން ޑިޕްލޯއީމަންޓް ޔުނިޓްގެ މެރީންސްގެ ހާއްސަ ބެލުމުގެ ދަށުން އިއްޔެ ފެށި އެ ޕްރޮގްރާމްގައި، އުމުރާއިން އަންނަ މީހުންގެ ލަގެޖުތައް ކްލިއާ ކުރާ ހިސާބުން ފެށިގެން އެއާޕޯޓުން ނިކުމެވެންދެން އެމީހުންގެ ލަގެޖުތައް އުފުލައިދިނުމުގައި ދިވެހި ސިފައިން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
"މިގޮތުން އިއްޔެ 270 އަށްވުރެ ގިނަ އުމްރާނީންގެ ލަގެޖުތައް ސިފައިން އުފުލާދީފައިވާއިރު، މިއަދުގެ މެންދުރުގެ ނިޔަލަށް 330 އަށްވުރެ ގިނަ މީހުންނަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިޕްރޮގްރާމް މިހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިފައިން ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ،" އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މިޕްރޮގްރާމަކީ، ޢުމްރާއިން އަންނަ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ފަހަކަށްއައިސް ކޮންމެ އަހަރަކުވެސް ސިފައިން ހިންގަމުން އަންނަ ހަރަކާތެކެވެ.