ބޭނުންވާނެ ތަކެތި:

  • 1 މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)

  • 1/2 ޖޯޑު ފިޔާ (ހިމުންކޮށް ކޮށާފައި)
  • 500 ގްރާމު ބޯންލެސް ޗިކެން (ކުދިކޮށް ކޮށާފައި)
  • 1 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
  • 200 ގްރާމު މޮޒަރެއްލާ ޗީޒް (ގާނާފައި)
  • ރަހަލާވަރަށް ލޮނު/އަސޭމިރުސް
  • 1 ޖޯޑު ފުށް
  • 100 ގްރާމް ބްރެޑް ކްރަމްޕްސް
  • 4 ބިސް
  • 8 ޝީޓް ލަޒާނިޔާ
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް

ތަވާއެއްގައި ފިޔާ އަދި ލޮނުމެދު ހަނާކޮށްލާށެވެ. އޭގެ ތެރެއަށް ކުކުޅު ކޮޅު އަޅާ، ރޯފިލުވާލާށެވެ. ދެން ޕީލްޑް ޓޮމާޓޯ އަޅާލޮނު އަދި ކުޅި ރަހަ ހެޔޮވަރުކޮށްލާށެވެ. އޭގެ ތެރެއަށް ޗީޒްކޮޅު އަޅާ އެއްކޮށްލާށެވެ.

ސޯސް ގަނޑު ތައްޔާރުކޮށް ނިންމާފައި، ފެންފޮދެއް ކައްކަން އުދާށެވެ. ކެކެން ފެށީމާ، ލަޒާނިޔާ ޝީޓްތައް ފެނުކައްކާށެވެ. ކެކުނީމާ، ތެލިން ނަގާ ހިހޫކުރާށެވެ. ދެން 4 އިންޗި ހުންނަ ވަރަށް ކަފާލާނީއެވެ. ކުރިން ތައްޔާރުކުރި ސޯސްގަނޑު އެއަށް އަޅާ ރޯލެެއް ހެން އޮޅާލާށެވެ.

ރޯލްސް ހަދާ ނިމުމުން ބައި ގަޑިއެއް ހައިއިރު އައިސްއަލަމާރީގައި ބަހައްޓާށެވެ. ދެން ބިސް ގިރާފައި ރޯލްސް ތައް ބިހަށް ލާނީއެވެ. އެއަށް ފަހު ފުށް އަދި ބްރެޑް ކްރަމްޕް އުނގުޅާ ތެލުލާނީ އެވެ.