Back
Nov 24, 2025 SUN
SUN

އެއްލަކިން ލައިސަންސް ލިބޭ ޕްރޮގްރާމް މާދަމާ ރޭވެސް އޮންނާނެ: ޓްރާންސްޕޯޓް

އެއްލަކިން ލައިސަންސް ލިބޭ ޕްރޮގްރާމް މާދަމާ ރޭވެސް އޮންނާނެ: ޓްރާންސްޕޯޓް
Lead photo

"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމު މާދަމާ ރޭވެސް އޮންނާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު "ސަން"އަށް މައުލޫމާތު ދެއްވަމުން ވަނީ އެއްލަކިން ލައިސަންސް ޕްރޮގްރާމް މާދަމާ ރޭ ވެސް އޮންނާނެ ކަމަށާއި އެގޮތަށް ނިންމީ އެކަމަށް އޮތް ތަރުހީބު ބޮޑުކަމުން މިހާރު ނޯޓްކޮށްފައި ތިބި މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުން ޑްރައިވިން ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ރޭ ފެށި އެއްލަކިން ޕްރޮގްރާމަށް 6000 އަށް ވުރެ ގިނަ މީހުން ކިއު ޖެހުނު ކަމަށެވެ. އަދި ކިއު ޖެހުނު މީހުން އިތުރުވުމުގެ ސަބަބުން 500 މީހުންނަށް ރޭ ހިދުމަތް ނުދެވުނު ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

ކޮންމެ ރެއަކުވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދޭނެއެވެ.

މާލެއަށްފަހު ހުޅުމާލޭގައިވެސް މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވާއިރު މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics