ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަ ސަފީރު ބަދަލުކުރަން ނިންމައިފިއެވެ.

ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރުގެ މަގާމުގައި މިހާރު ހުންނެވީ އަތުލް ކެޝަޕްއެވެ. މި މަގާމަށް އައްޔަނު ކުރަން ނިންމާފައިވަނީ ނޭޕާލުގައި ހުންނަ އެމެރިކާގެ ސަފީރު އަލައިނާ ޓެޕްލިޓްޒްއެވެ.

އޭނާއަކީ ޚާރިޖީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.

އަލައިނާ އަކީ ޚާރިޖީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އެގޮތުން އަފްޣާނިސްތާނާއި ޕާކިސްތާނުގައި އަލައިނާ ވަނީ ޚާރިޖީ މަގާމުތަކުގައި މަސައްކަތް ކުރައްވައިފައެވެ.

އަލައިނާ މަގާމަށް އައްޔަނު ކުރުމަށް މިހާރު ވަނީ ސެނެޓަށް ފޮނުވައިފައެވެ.