ބޭނުންވާނެ ތަކެތި

  • 500 ގްރާމް ބޯންލެސް ކުކުޅު

  • 2 މޭޒުމަތީ ސަމްސާ ތަންދޫރީ ޕޭސްޓް
  • 2 ލޮނުމެދު (ޗިސްކޮށްފައި)
  • 2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
  • 1/2 ސައިސަމްސާ ގަރަމް މަސާލާ
  • ދޮޅު ޖޯޑު ޕްލެއިން ޔޯގަޓް

ތައްޔާރު ކުރާނެ ގޮތް

ކުކުލު ފިޔަވައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން މި ޕޭސްޓް ގަނޑު ކުކުޅުގައި އުނގުޅާލައި މަތިބަންދު ކުރުމަށްފަހު މެރިނޭޓުކުރަން ބަހައްޓާށެވެ. މަދުވެގެން ގަޑިއެއްހައި އިރު ބަހައްޓަން ވާނެއެވެ. ދެން ގްރިލް އެއްގައި ނޫނީ އަވަނުން ފިހެލާށެވެ.