24 May 2018, 10:55
ކެއުމުގައި ކެލޮރީ އެކުލެވޭ މިންވަރު ކުޑަކޮށް، ވީހާވެސް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ގިނަ ބަޔަކު ސަމާލުކަން ދެއެވެ. ކެލޮރީ ބޭނުންކުރާ މިންވަރު 15 ޕަސެންޓް ދަށްކޮށްލި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށް ދިރާސާ އަކުން ވަނީ ދައްކައިފައެވެ.
އެ ދިރާސާގައި ބުނެފައިވާގޮތުން ކެލޮރީ ބޭނުންކުރާ މިންވަރު 15 ޕަސެންޓަށް ދަށްކޮށްލުމަކީ މެޓަބޮލިކް ޕްރޮސެސް ރަނަގޅުވާ ކަމެކެވެ. އޭގެ ސަބަބުން ސިއްހަތު ރަނގަޅުވެ، ޒުވާންކަން މަތީ ހުންނާނެ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.
މި ދިރާސާގައި ބައިވެރިވިި ބައިވެރިންގެ ތަޖުރިބާއަށް ބަލާއިރު އެއް އަހަރު ވަންދެން ކެލޮރީ މަދުން ބޭނުން ކުރުމުން މެޓަބޮލިކް ޕްރޮސެސް ރަނަގަޅުވެއެވެ. އިތުރު އެއް އަހަރު ފަހުން އެނގުނީ މިފަދަ މީހުންނަށް އުމުރުން ދުވަސްވުމުން ކުރިމަތިވާ ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ކުރިމަތިނުވާ ކަމަށެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެލެއްވި، ލުއިސިއާނާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ލީން ރެޑްމޭން ވިދާޅުވީ، ކެއުމުގައި ސިއްހަތަށް ފައިދާހުރި ކާނާ ހިޔާރު ކުރުމަކީ މީހާ ދުވަސްވަމުން އަންނައިރު ކުރިމަތިވާ ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދޭނެ ކަމެއް ކަމަށެވެ.
ސީއެންއެން