24 May 2018, 15:59
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފިލްމު 'ބާރަތު'ގެ ޝޫޓިން މިހާރު ކުރިއަށްދާއިރު އެ ފިލްމުގެ ކާސްޓާ ބޮލީވުޑްގެ ތަރި ފާތިމާ ހާޝިމީ (ތައްބޫ) ވެސް ގުޅިއްޖެ އެވެ.
ޒަފަރު ވަނީ އެކަން ޓްވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ. ޒަފަރުގެ ޓްވީޓްގައި ބުނެފައި ވަނީ ތައްބޫ އާ އެކީ މަސައްކަތްކޮށްލަން ކެތްމަދުވެފައިވާ ކަމަށެވެ.
ބާރަތުގެ ކާސްޓާ ދާދި ފަހު ދިޝާ ޕަޓާނީ ވެސް ވަނީ ގުޅިފަ އެވެ. "ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ" ގެ އެޑެޕްޓޭޝަނެކެވެ.
Finally it’s happening , so excited to work with you :) lots of love@tublb:)@Bharat_TheFilm@BeingSalmanKhan@priyankachopra@DishPatani@WhoSunilGroverpic.twitter.com/k1jNvRqglK
— ali abbas zafar (@aliabbaszafar)May 22, 2018
ފިލްމުގެ ރޯލަކުން ސުނިލް ގްރޯވަރު ފެނިގެންދާނެ އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ދިޝާ ފެނިގެންދާއިރު ދެން ފިލްމުން ފެނިގެންދާނީ ކާމިޔާބު ބަތަލު ސަލްމާން ޚާން އާއި ބަތަލު ޕްރިޔަންކާ ޗޯޕްރާ އެވެ.
ފިލްމުގެ ޝޫޓިން ލަންޑަންގައި ފަށާފައިވާ އިރު، އަބޫ ދާބީ، ސްޕެއިން، ޕަންޖާބް އަދި ނިއު ދިއްލީގައި ފިލްމުގެ އިތުރު މަންޒަރުތައް ނަގަން ވަނީ ހަމަޖެހިފަ އެވެ.
ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު ޢީދާ ދިމާކޮށެވެ.