24 May 2018, 10:44
ދަ ވޮއިސްގެ 14 ވަނަ ސީޒަންގެ ޓައިޓަލް، އުމުރުން އެންމެ 15 އަހަރުގެ ބްރެން ކާޓެލީއަށް ލިބިއްޖެއެވެ.
ބްރެންއަކީ ދަ ވޮއިސްގެ ޓައިޓަލް ކާމިޔާބުކުރި އެންމެ ހަގު ބައިވެރިޔާއެވެ. އޭނާއަށް ކޯޗުކޮށްދިނީ އެމެރިކަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ކެލީ ކްލާސަން އެވެ.
ކެލީ، ދަ ވޮއިސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ މި ސީޒަނުގައެވެ. ކުރިން އެނާ ވަނީ އެ ޕްރޮގުރާމުގެ އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.
ދަ ވޮއިސްގެ ފިނާލޭގައި ބްރެން ވާދަކުރީ ބްރިޓަން ބުޗަނަން 18، އާއެވެ.
ދަ ވޮއިސްގެ ފިނާލޭގައި ރާޔަން އެޑަމްސް، ޑުއާ ލިޕާ، ބިގް ޝޯން ފަދަ ތަރިންގެ ހުށަހެޅުންތައް ފެނިގެން ދިޔައެވެ.
YAAASSSSS#TeamKellythank y’all so much for making my world work and for being supportive and loving and such awesome humans to know and love!!!https://t.co/DN52wdtkBH
— Kelly Clarkson (@kelly_clarkson)May 23, 2018