ބޭނުންވާ ތަކެތި:

  • 650 ގްރާމު އަލުވި (ތޮށި މަށާ 1 އިންޗި ހުންނަ ވަރަށް ކޮށާފައި)

  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 1 ބޮޑު ފިޔާ ( ތުނިކޮށް ކޮށާފަ)
  • 2 ސައިސަމުސާ މުގުރި ދިރި
  • 2 ސައި ސަމުސާ މުގުރި މިރުސް
  • 300 ގްރާމު ބޯންލެސް ޗިކެން (އަލުވި ކޮށި މިނަށް ކޮށާފައި)
  • 400 ގްރާމް ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)
  • 2 ލޮނުމެދު (ޗިސްކޮށްފައި)
  • 1/2 ޖޯޑު ޔޯގަޓް
  • ލޮނު
  • 1/2 ޖޯޑު ފެން

ތައްޔާރު ކުރާނެގޮތް:

ތެއްޔަކަށް ތެޔޮފޮދު އަޅައި ހޫނުކޮށްލާށެވެ. ފިޔާކޮޅާއި ލޮނުމެދު އަޅާ ރަތްކޮށްލާށެވެ. ފިޔާ ރަތްވާން ފެށުމުން އަލުވި، ދިރި އަދި މިރުސް އަޅާ ހަނާކޮށްލާށެވެ. ދެން ކުކުޅު، ޔޯގަޓް އަދި ޓޮމާޓޯ އަޅާށެވެ. ދެން ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލައި ލޮނު ރަހަ ހެޔޮވަރުކޮށްލާށެވެ.