Back
Nov 24, 2025 SUN
SUN

އެމްއެޗު370ގެ ޕައިލެޓު ގަސްތުގައި ބޯޓު ވަައްޓާލީ ކަމަށް ނުބެލެވޭ: އޮސްޓްރޭލިއާ

އެމްއެޗު370ގެ ޕައިލެޓު ގަސްތުގައި ބޯޓު ވަައްޓާލީ ކަމަށް ނުބެލެވޭ: އޮސްޓްރޭލިއާ
Lead photo

ކެންބެރާ (މޭ 23): ދެހާސްސާދަ ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއާލައިންސް ފްލައިޓް 370ގެ ޕައިލެޓު އެބޯޓު ގަސްތުގައި ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް އެ ހާދިސާ ތަހުގީގު ކުރި އޮސްޓްރޭލިއާގެ އިންވެސްޓިގޭޓަރުން ބުނެފި އެވެ.

އެމްއެޗް370 ވައްޓާލީ އެބޯޓުގެ ޕައިލެޓު ކަމަށް ތުހުމަތުކޮށްފައި ވަނީ ކެނެޑާގެ އެއާ ކްރޭޝް އިންވެސްޓިގޭޓަރެއް ކަމަށްވާ ލެރީ ވާންސް އެވެ. އޭނާ ބުނާ ގޮތުގައި ބޯޓު ވެއްޓުނު ވަގުތު ބޯޓު އޮތީ ޕައިލެޓުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގަ އެވެ.

"ޕައިލެޓް އަމިއްލައަށް މަރުވީ. އަދި އޭނައާ އެކު އެހެން އެންމެން ވެސް މަރާލީ. އޭނާ އެކަން ކުރީ ގަސްތުގައި،" އޮސްޓްރޭލިއާގެ 60 މިނިޓްސް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ވާންސް ބުންޏެވެ.

ނަމަވެސް އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ބުނާ ގޮތުގައި ބޯޓު ވެއްޓުނު އިރު ޕައިލެޓް އޮތީ ހޭނެތިފަ އެވެ. އަދި އިންޑިއާ ކަނޑުގެ ދެކުނަށް އެބޯޓު ވެއްޓުނު އިރު ބޯޓު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް އެބިއުރޯ އިން ބުންޏެވެ.

ބޯއިން 777 މަރުކާގެ އެމްއެޗު370 ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ މާޗު މަހު ކުއަލަލަމްޕޫރުން ބެއިޖިންއަށް 239 މީހުންނާ އެއްކޮށް ދަތުރު ކުރަމުން ދަނިކޮށެވެ.

އެބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އޮސްޓްރޭލިއާ އާއި މެލޭޝިއާ އާއި ޗައިނާ އިން ވަނީ މިދިޔަ އަހަރު އެމަސައްކަތް ހުއްޓާލައިފަ އެވެ. ނަމަވެސް މެލޭޝިއާ އިން ވަނީ ބޯޓު ހޯދުމުގެ ހުއްދަ އެމެރިކާގެ އަމިއްލަ ކުންފުންޏަކަށް މި އަހަރު ދީފަ އެވެ. (ބީބީސީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics