ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަ ރަށެއްގައި ޖުމުލަ 500 ހައުސިން ޔުނިޓް އަޅަން ނިންމައިފިއެވެ.

ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވަނީ ބ. އޭދަފުށި، ދ. ކުޑަހުވަދޫ، ދ. މީދޫ، ލ. ގަން، ރ. މަޑުއްވަރި އަދި ށ. ކޮމަންޑޫގައެވެ.

  • އޭދަފުށި - 100 ހައުސިން ޔުނިޓް

  • ކުޑަހުވަދޫ- 50 ހައުސިން ޔުނިޓް
  • މީދޫ- 50 ހައުސިން ޔުނިޓް
  • ގަން- 200 ހައުސިން ޔުނިޓް
  • މަޑުއްވަރި- 50 ހައުސިން ޔުނިޓް
  • ކޮމަންޑޫ- 50 ހައުސިން ޔުނިޓް

ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކުރި އިއުލާންގައި ވަނީ އެ ހަ ރަށުގައި ޤާއިމުކުރާ ހައުސިން ޔުނިޓުތައް ޑިޒައިންކޮށް، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

ހައުސިން މިނިސްޓްރީ ބުނީ އެހައުސިން ޔުނިޓްތަކުގެ ޕްރޮޖެކްޓްތައް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކުން 200،000- 800،000 ރުފިޔާއާ ދެމެދުގެ އަދަދެއް ބިޑު ސެކިޔުރިޓީގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އެ ޕްރޮޖެކްޓަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްގެ ބީލަންތައް ހުޅުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށެވެ.