ބޭނުންވާނެ ތަކެތި

  • 2 ޖޯޑު ބަތް

  • 1/2 ބީޓްރޫޓް (ތުނިކޮށް ކޮށާފައި)
  • 1/2 ކެރެޓް (ތުނިކޮށް ކޮށާފައި)
  • 50 ގްރާމް ކެބެޖް (ތުނިކޮށް ކޮށާފައި)
  • 1 ފިޔާ (ކޮށާފައި)
  • 3 ލޮނުމެދު ( ތުނިކޮށް ކޮށާފައި)
  • 25 ގްރާމް ލީކްސް އަދި 25 ގްރާމް ކެޕްސިކަމް
  • ހިކަނދިފަތް
  • ވަޅޯމަސް (ތުނިކޮށް ކޮށާފައި)
  • ގިތެރޮ މިރުސް
  • ލޮނު

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގައި ތެޔޮފޮދެއް ހޫނުކޮށް، ފިޔާކޮޅު ރަތް ކުރާށެވެ. ރަތްވާން ފެށީމާ، ހިކަނދިފަތް އަދި ލޮނުމެދު ކޮޅު އަޅާލާށެވެ. އެއަށްފަހު ކެބެޖް، ކެރެޓް، ލީކްސް އަދި ކެޕްސިކަމް އަޅާލާ އެއްކޮށްލާށެވެ. ވަޅޯވާން ފެށީމާ ބީޓްރޫޓް އަދި މަސް އަޅާ އެއްކޮށްލާށެވެ. ލޮނު ހެޔޮވަރުކޮށް ކުޅި ރަހަވެސް ހެޔޮވަރު ކުރާށެވެ. ދެން ބަތްކޮޅު އަޅާލާ އެއްކޮށްލާނީއެވެ.