ވަންޕްލަސްއިން އެކުންފުނީގެ އެންމެ ފަހުގެ ފޯނު، ވަންޕްލަސް 6 އަށް އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވަންޕްލަސްގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ފޯނަށް އޯޑަރު ކުުރެވޭއިރު، ފޯނުތަކުގެ އަގު އުޅެނީ 529 ޑޮލަރުން ފެށިގެންނެވެ. އެގޮތުން 64 ޖީބީ 529 ޑޮލަރަށް ހުރި އިރު 128 ޖީބީ ލިބެންހުރީ 579 ޑޮލަރަށެވެ. އަދި 256 ގބީގެ ފޯނުގެ އަގު އުޅެނީ 629 ޑޮލަރުގައެވެ.

މި ފޯނަކީ 6.28 އިންޗީގެ 1080x2280 ޕިކްސެލް އޯލެޑް ޑިސްޕްލޭ އެއް ހިމެނޭ ފޯނެކެވެ. ކުއެލްކޮމްގެ ސްނެޕްޑްރެގަން 845 ޕްރޮސެސާއެއްވެސް ހިމެނޭ މި ފޯނުގައި ހިމެނޭ ކެމެރާ އަކީ ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް9 ސީރީޒްގެ ފޯނާ އަޅާ ބަލާއިރު ކޮލެޓީ ކެމެރާއެއް ކަމަށް ހަބަރުތައް ބުނެއެވެ.

ގްލޮސީ އަދި މެޓް މޮޑެލްތައްވެސް ވަންޕްލަސް 6 މޮޑެލްގައި ވަނީ ހިމަނައިފައެވެ. މި ފޯނުގައި ފޭސް އަންލޮކް ފީޗާވެސް ވަނީ ހިމަނައިފައެވެ.