23 May 2018, 10:44
އިންސްޓަގްރާމް ނިއުސް ފީޑުގައި ހިމަނަން ބޭނުން ނުވާ މީހުންގެ ޕޯސްޓުތައް މިހާރު މިއުޓް ކޮށްލެވޭނެއެވެ.
އިންސްޓަގްރާމުން ބުނީ އެކައުންޓް މިއުޓް ކުރިނަމަވެސް، އެ މިއުޓް ކުރެވޭ އެކައުންޓް ގެންގުޅޭ މީހާއަށް އެކަން ނޭނގޭނެ ކަމަށެވެ. އަދި ބޭނުން އިރަކު މިއުޓް ކުރި އެކައުންޓްތައް އަން މިއުޓް ކުރެވޭނެ ކަމަށްވެސް އިންސްޓަގްރާމުން ބުނެއެވެ.
އިންސްޓަގްރާމުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިންސްޓަގްރާމް މެދުވެރިކޮށް ހަނގާ ކުރުމާއި ގަނާ ކުރުން ހުއްޓުވުމަށެެވެ. އެކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެކަން ވަނީ ހާމަކޮށްފައެވެ.
މިއުޓް ކުރެވޭ ފީޗާ އާއެކު އެކައުންޓްގެ ވެރިފަރާތަށް، އިންސްޓަގްރާމު ފީޑުން ބަލަން ބޭނުންވާ ޕޯސްޓުތައް ކޮންޓްރޯލު ކުރުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް ލިބޭނެއެވެ.