22 May 2018, 16:14
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ މިއަދު މެންދުރު ފަހު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތައުޒިޔާ ފޮނުއްވަވައިފި އެވެ.
ޑރ. މަޖީދު އަވަހާރަވީ މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެ ކޮޅުބުގައި ހުންނަ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 2:45ގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 55އެކެވެ.
ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. މަޖީދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ރައީސް ދުއާ ދަންނަވާ ކަމަށެވެ. އަދި އާއިލާއަށް ކެއްތެރިކަން ދެއްވުން އެދޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެ ތައުޒިޔާ ވިދާޅުވެފަ އެވެ.