22 May 2018, 13:07
ކުއަލަލަމްޕޫރު (މޭ 22): މެލޭޝިއާގެ އިންވެސްޓްމެންޓު ފަންޑު، ވަން އެމްޑީބީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)އަށް ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ހާޒިރުކޮށްފި އެވެ.
އެމްއޭސީސީގައި އިސްކޮށް ހުންނަވާ މުހައްމަދު ޝުކުރީ އަބްދުﷲ ވިދާޅުވި ގޮތުގައި ނަޖީބު އެކޮމިޝަނަށް ހާޒިރު ކުރީ ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއާ ބެހޭ ގޮތުން ސުވާލު ކުރުމަށްޓަކަ އެވެ.
ރޮއިޓާސްގައިވާ ގޮތުން އެމްއޭސީސީ އިން ތަހުގީގު ކުރަމުންދަނީ އެސްއާރުސީން ނަޖީބުގެ އެކައުންޓަށް 10.6 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެފަންޑުން ވަނީ 700 މިލިއަން ޑޮލަރާ ގާތް ކުރާ ވަރަށް ފައިސާ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން 2015ގައި ތުހުމަތުކުރި އެވެ.
އެމައްސަލައިގައި ނަޖީބުގެ ކުށެއް ނެތް ކަމަށް މެލޭޝިއާގެ ކޯޓަކުން ނިންމި ނަމަވެސް މިމަހު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު ވަނީ ވަންއެމްޑީބީ މައްސަލަ އަނެއްކާ ވެސް ތަހުގީގު ކުރަން ނިންމަވައިފަ އެވެ. އަދި އެގައުމުން ވަނީ އެތަހުގީގަށް ހާއްސަ ްއެއް އެކުލަވާލާފައި އެވެ. (ރޮއިޓާސް)