22 May 2018, 22:03
ރޮން ހޮވާޑް ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ސޯލޯ: އަ ސްޓާ ވޯރސް ސްޓޯރީ" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފެންޓަސީ އަދި ސައިންސް ފިކްޝަނަލް ޖެންރާ އަށް އުފައްދާފައިވާ އެ ފިލްމުގެ ބައެއް ތަރިންނަކީ އެލްޑަން އެރަންރައިކް، އެމިލިއާ ކްލާކް، ޑޮނާލްޑް ގްލޯވާ އަދި ފީބީ ވަލާ ބްރިޖް އެވެ.
ޝައުގުވެރިވެރިވާ ގިނަ ކަންތައްތަކެއް އެ ފިލްމުގެ ޓްރެއިލާ އިން ފެނިގެންދެއެވެ. ސިއްސުވާލާ ނޭވާ ހިފަހައްޓައިލަން ޖެހޭ މަންޒަރުތައް ފެނިގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
ފިލްމުގެ ޕްރޮޑަކްޝަން ކޮމްޕެނީ އަކީ ލޫކަސް ފިލްމްސް ލިމިޑެޓް އެވެ. ވޯލްޑް ޑިޒްނީ ސްޓޫޑިއޯސް މޯޝަން ޕިކްޗާސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.
ޝްވެކް ސިނަމާ އިން ބުނީ ފިލްމުގެ ބުކިން ހެއްދުމުގެ އިތުރުން ފިލްމުގެ ޓިކެޓް ވިއްކުން މި ހަފްތާގެ ބުރާސްފަތި (24 މެއި) ދުވަހު ކުރިއަށްދާނެ ކަމަށެވެ.