22 May 2018, 12:12
އެމެރިކަން އައިޑަލްގެ 16 ވަނަ ސީޒަންގެ އެއްވަނަ މެޑީ ޕޯޕް ހޯދައިފިއެވެ.
ރޭ ބޭއްވި އައިޑަލް ފިނާލޭގައި 19 އަހަރުގެ މެޑީއަށް އައިޑަލްގެ ޓައިޓަލް ލިބުނު އިރު އޭނާ ފާހަގަކޮށްލެވެނީ ވަރުގަދަ އަޑެއްގެ ވެރިއެއްގެ ގޮތުގައެވެ. އައިޑަލްގެ ޕްލެޓްފޯމުގައި ޖަޖުންވެސް ވަނީ މެޑީގެ ކިބައިގައި ހުރި "އާޓިސްޓިކް ހުނަރުތައް" ފާހަގަ ކޮށްފައެވެ.
އެމެރިކަން އައިޑަލްގެ 16 ވަނަ ސީޒަންގެ އެއްވަނަ ހޯދި މެޑީ ޕޯޕް ޝޯގެ ހޯސްޓާ އެކު ----
އައިޑަލްގެ ޓްރޮފީއާއެކު ހޮލީވުޑް ރިކޯޑްސް އާއެކު އަލްބަމެއް ރިކޯޑު ކުރުމުގެ ކޮންޓްރެކްޓެއް އޭނާއަށް ވަނީ ލިބިފައެވެ.
ސީޒަންގެ ދެވަނަ ލިބުނީ މެޑީގެ ލޯބިވެރިޔާ ސެލެބް ލީ އަށެެވެ.
އެމެރިކަން އައިޑަލް ސީޒަން 16ގެ ފިނާލޭގައި ޖަޖު ކޭޓީ ޕެރީއާއި ލޮއިލަން ރިޗީ އަދި ލޫކް ބްރައިޔަންގެ އިތުރުން ނިކް ޖޯނަސް، އަދި ބޭބް ރެޒާގެ ހުށަހެޅުންތައް ފެނިގެން ދިޔައެވެ.
އެމެރިކަން އައިޑަލްގެ މިފަހަރުގެ ސީޒަން ދައްކާފައިވަނީ އޭބީސީ ޓީވީ އިންނެވެ.