މި މަހު 11ގައި ރިލީޒްކުރި އާލިއާ ބަޓްގެ "ރާޒީ"އަށް 100 ކުރޯޑުގެ އާމްދަނީއެއް ލިބުމާ ދާދި ގާތް ވެއްޖެއެވެ.

ސްޕައި ތުރިލާ ފިލްމު މިހާރު ވަނީ ބޮޑު ހިޓަކަށް ވެފައެވެ. މި ފިލްމު ސިނަމާތަކުގައި ދެއްކިތާ ހަފްތާއެއްހާ ދުވަސްފަހުން އެ ފިލްމަށް މިހާރު ވަނީ 78 ކުރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

ބޮލީވުޑްގެ ކްރިޓިކް ތަރަން އާދާޝް ކުރި ޓްވީޓްގައި ބުނީ ފިލްމު "ރާޒީ" އެޅުވިތާ މާ ގިނަ ދުވަހެއް ނުވެ މިވަރުގެ ކާމިޔާބީއެއް ލިބުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށާއި އަދި އެ ފިލްމަށް 100 ކުރޯޑުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

އިންޑިއާގެ އިތުރުން ބޭރު މާކެޓްތަކުގައި ފިލްމު ދައްކައިގެން މިހާރު އެ ފިލްމަށް ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ 'ސެހްމަތު' ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.

ފިލްމުގައި އޭނާ އަކީ އިންޑިއާއަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި އެ ފިލްމުގައި އޭނާއަކީ ދަރި އެކެވެ. އަދި އަނތްބެކެވެ. އަދި ޖާސޫސް ކުރާ މީހެކެވެ.

'ރާޒީ' އަކީ ހަރިންދަރު ސިއްކާގެ ފޮތް 'ކޯލިންގް ސެހްމަތު'ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.