މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދެފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ ވީޑިއޯގައި، މެދު އުމުރުގެ ފިރހެނަކު އޮފީހަކަށް ހިދުމަތް ހޯދަން އައިސް، ގޮނޑީގައި އިށީންނަތަން ފެނެއެވެ.

އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެފަދަ ކަންކަމުގައި ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.