ގުދުސް(މޭ 21): ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހުޅަނގު އައްސޭރީގައި ހުންނަ ހޮސްޕިޓަލެއްގައި އިއްޔެ އެޑްމިޓުކޮށް ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 82 އަހަރުގެ އައްބާސް އެޑްމިޓު ކުރި ސަބަބާ ބެހޭ ގޮތުން ފަލަސްތީން ސަރުކާރުން ތަފްސީލުދީފައެއް ނުވެއެވެ. ނަމަވެސް އެއީ ފާއިތުވި ހަފްތާ ތެރޭ ރައީސް އެޑްމިޓު ކުރި ތިން ވަނަ ފަހަރެވެ.

ފަލަސްތީނުގެ ވަފާ ނޫހުގައިވާ ގޮތުން މިދިޔަ އަންގާރަ ދުވަހު އައްބާސްގެ ކަންފަތުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އޭގެ ފަހުން ހުކުރު ދުވަހު އެޑްމިޓް ކުރުމަށް ފަހު ދޫކޮށްލާފައި ވަނިކޮށް، އަނެއްކާ އިއްޔެވެސް އެޑްމިޓް ކުރީ ކަމަށް އެނޫހުގައިވެއެވެ.

އައްބާސްގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން، ހުކުރު ދުވަހު ތުރުކީގައި އޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެމަނިކުފާނަށް ވަޑައިގަނެވޭގޮތެއް ނުވިއެވެ. އެބައްދަލުވުމަކީ އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

ރައީސް އައްބާސް ވަނީ މީގެ ކުރިން ހިތުގެ މައްސަލަތަކަށާއި ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދަވައިފައެވެ. (އަލްޖަޒީރާ)