ބޭނުންވާނެ ތަކެތި

  • 1/2 ޖޯޑު ބަޓަރު

  • 3 މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފައި)
  • 3 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
  • 1/4 ސައި ސަމްސާ އަސޭމިރުސް (މުގުރާފައި)
  • ބޯން ލެސް ޗިކަން
  • 1 މޭޒުމަތީ ސަމްސާ ޕާސްލީ (ޑްރައިޑް)

ތައްޔާރު ކުރާނެ ގޮތް

ބަޓަރު، ލޮނުމެދު، ސޯޔާ ސޯސް، އަސޭމިރުސް އަދި ޕާސްލީ އެއްކޮށްލާށެވެ. ދެން ދެ މިނެޓް ވަންދެން މި ތަކެތި މައިކްރޯވޭވްގައި ހޫނު ކުރާާށެވެ. ބަޓަރު ކޮޅު ވިރުނީމާ ތަވައެއްގައި ކުކުޅުތައް އަތުރާލައި، މި ބަޓަރު މިކްސް އޭގެ މަތީ އުނގުޅާލާށެވެ. ފިހެވެމުންދާއިރު އުނގުޅަން އެއްބައި ބަހައްޓަން ވާނެއެވެ.

ފެން ހިނދެންދެން އަވަނުގައި ކުކުޅުތައް ފިހާށެވެ. ފިހެވެމުންދާއިރު ބަޓަރު މިކްސް ކޮޅު އުނގުޅަން ވާނެއެވެ.