21 May 2018, 10:50
ބޭނުންވާނެ ތަކެތި
8 ފޮތި ޕާން
- ނަޓެއްލާ
- 3 ބިސް
- ހަކުރު (މުގުރާފައި)
- ވެނީލާ އެސެންސް
- ބަޓަރު ކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ޕާންފޮތިތައް ރޮށިދަމާ އެއްޗެއްގައި ދަމާލާށެވެ. ޕާން ފޮތިތަކުގައި ނަޓެއްލާ އުނގުޅާފައި އޮޅާލާށެވެ. ދެން ބިހާއި ހަކުރު އެއްކޮށް ގިރާލާފައި ޕާންފޮތިތަށް ބިސްއެތީގެ ތެރެއަށްލައި ފޯކޮށްލާށެވެ. ތަވައެއްގައި ބަޓަރު އުނގުޅާލުމަށްފަހު ޕާންފޮތިތައް ފިހެލާށެވެ.