ކ. ދޫނިދޫގެ ހުޅަނގުު ފަރާތު ފަރަށް ދޯންޏެއް އަރައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ "ބަންޔަން 3" ނަމަކަށް ކިޔާ އެ ދޯނި ފަރަށް އަރައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައި ވަނީ މިރޭ އަށެއް ޖެހިއިރު ކަމަށެވެ.

އެ ހާދިސާގައި ފަރަށް އަރާފައި ވަނީ 85 ފޫޓުގެ ސަޕްލައި ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާ ހިނގި އިރު އެ ދޯނީގައި ފަސް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހަތަރު ދިވެހިންނާއި ބިދޭސީއަކު ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި އެ ސަރަހައްދުގައި މިހާރު ހަަރަކާތްތެރިވަމުންދާ ކަމަށެވެ.