އިއްޔެއަކީ އިނގިރޭސި ޝާހީ އާއިލާއަށް ހާއްސަ ދުވަހެކެވެ. ޕްރިންސް ހެރީއާއި މޭގަން މާކަލްގެ ކައިވެނި ކުރެވުނު ދުވަހެވެ. ކައިވެނީގެ ހެދުމުގައި މޭގަން ހުންނެވީ ސާދާކޮށް ކަމަށާއި، މޭގަންގެ ރީތިކަން އޭގެ ސަބަބުން ފާޅުވިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ކައިވެންޏަކީ އިނގިރޭސި ވިލާތުގެ މަތީފަޑީގެ ބޭފުޅުންގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ފަރާތްތައްވެސް ބައިވެރިވި ކައިވެންޏެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ދައުވަތު އެރުވިގެން ހާޒިރުވި މީހުންގެ ހެދުންތަކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. މި ފާހަގަކޮށްލަނީ މީގެ ތެރެއިން އެންމެ ފާހަގަވި، އެންމެ ރީތި ހެދުންތަކަށެވެ.

  • އަމާލް ކްލޫނީ:މަޝްހޫރު ބައިނަލްއަގުވާމީ ވަކީލާ އަމާލް ކްލޫނީއަކީ މި ރަސްމިއްޔާތަށް އެންމެ ފުރަތަމަ ވަޑައިގެންނެވި މަޝްހޫރު މޫނެވެ. އަމާލްގެ ހެދުން ހުރީ ގަދަ ދޮން ކުލައިގައެވެ. ސްޓެލާ މެކްކާޓްނޭ ހެދުމުގައި ފަހަތަށް ދޫ ގޮށެއް ޖަހާފައި ހުއްޓެވެ. ފިރިކަލުން ޖޯޖް ކްލޫނީ ހުންނެވީ ކޯޓު ފަޓުލޫނުގައެވެ. އަމާލްގެ ހެދުމާ އެއްގޮތް ކޮށްލުމަށް ރީނދޫ ރޮނގުދެމި ޓައީއެއް ތުރުކުރައްވާފައި ހުއްޓެވެ.

  • ކެރީ މުލިގަން:އިނގިރޭސި ފިލްމީތަރި ލައިގެން ހުރީ އެމްބްރޮއިޑްރީގެ މަސައްކަތް ފެންނަ މަޑު ދޮން ކުލައެއްގެ ހެދުމެކެވެ.
  • ޑޯރިއާ ރެގްލޭންޑް:މޭގަންގެ މަންމަ ޑޯރިއާ ލައިގެން އިނީ ޕޭން ގްރީން ކުލައިގެ ކޯޓެކެވެ. ކޮންމެވެސް ވަރަކަށް އެމްބްރޮއިޑަރީގެ މަސައްކަތް ފެންނަން ހުއްޓެވެ. ގިނަ ބައެއްގެ ސަމާލުކަން ޑޯރިއާގެ ހެދުމަށްވެސް ހުއްޓުނެވެ.
  • ހޮލީވުޑްގެ ތަރިން:ކައިވެންޏަށް ހާޒިރުވި މޭގަންގެ ހޮލީވުޑްގެ އެކުވެރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި އެބިގެއިލް ސްޕެންސާ ހިމެނެއެވެ. ޕްރިޔަންކާގެ ލެވެންޑާ ކުލައިގެ ބްލޭޒާ އަދި ސްކާޓަށްވެސް ގިނަ ބަޔެއްގެ ނަޒަރު ހުއްޓުނެވެ.
  • ބެކަމްގެ ދެމަފިރިން:މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްއާއި އޭނާގެ އަންހެނުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ވިކްޓޯރިއާއާއި ބެކަމްގެ ހެދުމުގެ ކުލަ މާގަދަ ކަމަށް ބައެއް މީހުން ބުނި ނަމަވެސް ދެމީހުންނާ ގުޅޭކަމަށް ބުނެއެވެ.