ބޭނުންވާނެ ތަކެތި

  • ޕަނީނޯ ބަނަސް

  • 1 ދަޅު މަސް
  • 1 ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 މިރުސް (ހިމުންކޮށް ކޮށާފައި)
  • 1 ފަޅި ލުނބޯ ހުތް
  • އަސޭމިރުސް / ލޮނު (ރަހަލާވަރަށް)
  • 1 މޭޒުމަތީ ސަމްސާ މަޔޮނައިސް
  • ސްލައިސް ޗީޒް


ތައްޔާރު ކުރާނެ ގޮތް
ލޮނާއި އަސޭމިރުހާއެކު ފިޔާ، މިރުސް، މަސް އެއްކޮށްލައި ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ލުނބޯހުތް ޖަހާ އެއްކޮށްލާށެވެ. ޕަނީނޯ ބަނަސް މެދުން ފަޅި ކޮއްލައި، ތައްޔާރުކުރި މަސްގަނޑު ފަތުރާލާށެވެ. އެއަށްފަހު ކޮންމެ ބަނަހެއްގެ ތެރެއަށް ޗީޒް ފޮއްޗެއް ލުމަށްފަހު ޕަނީނޯ މޭކަރއިން ފިހެލާށެވެ.