ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ސިއްހީ ހާލުކޮޅު ކުއްލި ގޮތަކަށް ގޯސްވެ، ސްރީލަންކާގެ ކޮޅުބުގައި ހުންނަ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. މަޖީދުގެ ހާލުކޮޅު ކުއްލި ގޮތަކަށް ގޯސްވީ ލަންކާގައި ހުންނަވަނިކޮށެވެ. އަދި އައިސީޔޫގައި މިވަގުތު ފަރުވާ ދެމުންދާއިރު އޮޕަރޭޝަނެއް ކުރައްވަން އުޅުއްވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް ޑރ. މަޖީދުގެ ހާލުކޮޅު މިހާރު ހުރިނެތް ގޮތަކާއި ބަލީގެ މައުލޫމާތާއި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ޑރ. މަޖީދަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސެވެ.