05 Sep 2011, 22:24
އަންނަ އަންގާރަ ދުވަހު އޮންނަ ޔޫރޯ 2012 ގެ ކޮލިފައިންގައި ވޭލްސްއާއި ދެކޮޅަށް ކުޅޭ މެޗުގެ އިނގިރޭސި ގައުމީ ޓީމު ސްކޮޑުން އެސްޓަން ވިލާ ފޯވާޑް ޑެރަން ބެންޓް އަދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މިކާ ރިޗާޑްސް ބާކީކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ބަލްގޭރިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި މި ދެ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ބައިވެރިވެފައެއް ނުވެއެވެ. ބަލްގޭރިޔާއާ ދެކޮޅަށް އިނގިރޭސި ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މި ދެ ކުޅުންތެރިން ސްކޮޑުން ބާކީކުރުމުން ވަނީ ކުލަބުތަކަށް އެނބުރި ގޮސްފައެވެ.
ޑިފެންޑަރު ރިޗާޑްސްއަށް އަނިޔާ ލިބުމުން ބަލްގޭރިޔާއާ ދެކޮޅަށް ކުޅުނު މެޗަށް އިނގިރޭސި ކޯޗް ނެރުނީ މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ކްރިސް ސްމޯލިންގް އެވެ. ރިޕޯޓްތައް ބުނާގޮތުގައި ރިޗާޑްސްގެ ބަދަލުގައި ކުޅެން އަރުވާނީ ކްރިސް ސްމޯލިންގް ނުވަތަ ފިލް ޖަގިއެލްކާއެވެ.
އިނގިރޭސި ސްކޮޑުން ބެންޓް އަދި ރިޗާޑްސް ބާކީކުރުމުން އެޓީމު ވަނީ 23 ކުޅުންތެރިންނަށް މަދުވެފައިވީ ނަމަވެސް އިތުރު ކުޅުންތެރިން ސްކޮޑަށް ނަގާނެކަމަކަށް ނުބެލެވެއެވެ.
ރަން ބެންޓް (ލ) އިނގިރޭސި ގައުމީ ޓީމު ކޯޗު ފަބިއޯ ކަޕެއްލޯ (ކ) އާއެކު