Back
Nov 24, 2025 SUN
SUN

ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާ ހޯދައިފި

ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާ ހޯދައިފި
Lead photo

ކުއަލަލަމްޕޫރު (މޭ 18): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ފައިސާ އާއި ގަހަނާ އާއި އަގުބޮޑު ދަބަސްތައް އަޅާފައިވާ އެތައް ސަތޭކަ ފޮށި އެގައުމުގެ ފުލުހުން ހޯދައިފި އެވެ.

ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތައް ފުލުހުން ފާސްކޮށްފައި ވަނީ މެލޭޝިއާގެ ވަންއެމްޑީބީ އިންވެސްޓުމެންޓު ފަންޑުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގާ ގުޅިގެންނެވެ.

ކުއަލަލަމްޕޫރުގެ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ ވެރިޔާ އަމަރު ސިންހު ވިދާޅުވި ގޮތުގައި ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި އަގުބޮޑު އަތްދަބަސްތައް އަޅާފައިވާ 284 ފޮށި ހިމެނެ އެވެ.

އަދި އޭގެ ތެރެއިން 72 ދަބަހަކުން މެލޭޝިއާގެ ރިންގިޓާއި ޔޫއެސް ޑޮލަރާއި ގަޑި އައި ގަހަނާ ފެނިފައިވާ ކަމަށް ސިންހު ވިދާޅުވި އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު މެލޭޝިއާގައި ބޭއްވި މަޖިލިސް އިންތިހާބު ނަޖީބަށް ނަކާމިޔާބުވި އެއް ސަބަބަކީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބުގެ މައްޗަށް ވަނީ ވަން އެމްޑީބީ ފަންޑުން 700 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ނަޖީބު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ބެލި މެލޭޝިއާގެ ކޯޓުން ވަނީ އެ 700 މިލިޔަން ޑޮލަރަކީ ސައޫދީ ރަސްގެފާނު ނަޖީބަށް ހަދިޔާކުރެއްވި ފައިސާ ކަމަށް ނިންމައިފަ އެވެ.

ނަމަވެސް ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ ވަންއެމްޑީބީ ފަންޑުގެ މައްސަލަ އަލުން ތަހުގީގު ކުރާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައި އެވެ. އޭގެ ސަބަބުން ނަޖީބު ގައުމުން ބޭރަށް ފުރާވަޑައިގަތުން މިދިޔަ ހަފްތާގައި ވަނީ މަނާކޮށްފައި އެވެ. (ބީބީސީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics