18 May 2018, 14:41
ފުލުހުންގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ޖުމްހޫރީ ޕާޓީގެ ވިމެންސް ވިންގުގެ ލީޑަރު ވަލީދާ ވަލީދުގެ މައްޗަށް އުފުލައިފިއެވެ.
ޕީޖީ އޮފީހުން އެެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.
ވަލީދާއަށް ދައުވާ ކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދީއްތަ ދުވަހުގެ 1:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ތަފާތު އެކި މުޒާހަރާތަކުން ވަލީދާ ހައްޔަރުކޮށް ވަނީ ދޫކޮށްލާފައެވެ.
އެކެއް ފެބްރުއަރީގެއަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ވަލީދާ ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.