މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ރާއްޖެއަށް ދީފައިވާ 16 ސްކޯލާޝިޕަކަށް ކުރިމަތިލުމަށްހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާންއެއްގައި، ސްކޯލާޝިޕްގެ 16 ފުރުސަތު ހުޅުވާލިއިރު، އޭގެ ތެރޭގައި ޝަރީއާއާ ގުޅޭ ނުވަ ފުރުސަތާއި އަދި އެހެނިހެން ހަތް ދާއިރާއިން ބެޗެލާސް ޑިގްރީއިން ކިޔެވުމުގެ ފުރުސަތު ހިމެނެއެވެ.

މިމަހުގެ ތިން ވަނަ ދުވަހުވެސް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން އަލް އަޒްހަރު ޔުނިވާސިޓީގައި ކިޔެވުމަށް 22 ފުރުސަތު ހުޅުވާލިއެވެ. ނަމަވެސް އެ ކޯސްތަކަށް އޭރު ކުރިމަތިލާފައިވަނީ އެންމެ އަށް ދަރިވަރުންކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ. އޭގެ ތެރެއިން ހަ ދަރިވަރަކަށް ކޯސްދީ ބާކީ އޮތް 16 ޖާގަ މިހާރު ވަނީ އަލުން ހުޅުވާލައިފައެވެ.

މިއީ އަރަބި ބަހާއި އިނގިރޭސިބަހުން ކިޔަވައިދޭ ކޯސްތަކެކެވެ.

ޝަރީއާގެ އިތުރުން ސްކޯލާޝިޕްގައި ހިމެނޭ އެހެނިހެންދާއިރާތަކުގެ ތެރޭގައިއިންޖިނިއަރިންގެ އެކިއެކި ޕްރޮގްރާމްތަކާއި، މެޑިސިންއާއި ޑެންޓިސްޓްރީގެ އިތުރުން ސައިންސާއި ހިއުމޭނިޓީސްގެ އެކިއެކި ދާއިރާތައް ހިމެނެއެވެ.

ކޯހަށް ކުރިމަތިލުމުގެޝަރުތުތަކުގެ ތެރޭގައިޝަހާދާ ޘާނަވިއްޔާ ނިންމައި ފާސްވުމާއެކު، ޝަހާދާ ޘާނަވިއްޔާ ނިންމިފަހުން މިއަހަރު ސެޕްޓެމްބަރު މަހު 15އަށް ތިން އަހަރު ވެފައި ނުވުމާއި އަދި ހަމަ އެ މުއްދަތަށް އުމުރުން 25 އަހަރުން ފުރިފައިނުވުން ހިމެނެއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ކޯހަށް އެދެން ބޭނުންވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން އެޑިޕާޓްމަންޓަށްފޯމްް ހުށަހަޅަން ޖެހޭނެ ކަމަށެވެ.