17 May 2018, 21:00
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން އިއުލާންކޮށްފައިވާ ފިލްމު ޝަމްޝޭރާގެ އަންހެން ލީޑަށް ކުޅަދާނަ ބަތަލާއަކަށް، ވާނީ ކަޕޫރު ހަމަޖައްސައިފިއެވެ.
ވައިއާރްއެފްއިން ކުރި ޓްވީޓްގައި، ވާނީ އެ ފިލްމަށް ސޮއިކުރިކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ފިލްމުގެ ފިރިހެން ލީޑަކަށް ރަންބީރު ކަޕޫރު ހަމަޖައްސައިފައިވާއިރު އެ ފިލްމުގައި ރަންބީރު ވެސް ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށެވެ.
ފިލްމުގެ ޑައިރެކްޓަރު ކަރަން މަލްހޯތްރާ ބުނީ، ވާނީ ވެސް މި ފިލްމުން ފެނިގެންދާނީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.
"ތަރިން ލައްވާ ތަފާތު ރޯލުތައް ކުޅުވަން ބޭނުން،" ކަރަން މަލްހޯތުރާ ބުންޏެވެ.
މިއީ ވާނީ އާއި ރަންބީރު ފިލްމަކުން އެއްކޮށް ފެނިގެންދާ ފުރަތަމަ ފަހަރުވެސް މެއެވެ.
ފިލްމުގައި ބޮލީވުޑްގެ ބަތަލު ސަންޖޭދަތު ފެނިގެންދާނެ ކަމަށާއި އޭނާ ފެނިގެންދާނީ ވިލަން (ނުބައި ބައި މީހެއް)ގެ ރޯލުން ކަމަށް ވެސް ފިލްމުގެ ޓީމުން ބުނެއެވެ.
ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށައި، އަންނަ އަހަރުގެ މެދު ތެރޭ ހިސާބަށް ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށް ވައިއާރްއެފްއިން ބުންޏެވެ.