16 May 2018, 13:38
މިދިޔަ ހޯމަ ދުވަހު އިސްރާއިލުން ޣައްޒާގައި ހިންގި ގަތުލުއާންމުގައި ނުވަ ނޫސްވެރިޔަކު ޒަހަމްވިކަމަށް ފަލަސްތީނުން ބުނެފިއެވެ.
އިސްރާއުލުން ދިން ހަމަލާތަކުގައި ޒަހަމްވި ނޫސްވެރިންގެ ތެރޭގައި އަލްޖަޒީރާގެ ނޫސްވެރިންވެސް ހިމެނެއެވެ. ބައެއް ނޫސްވެރިން ޒަހަމްވެފައިވަނީ އިސްރާއިލުން ޑްރޯން ބޭނުންކޮށްގެން ޖެހި ނުރައްކާތެރި ކަރުނަ ގޭހުގެ ސަބަބުންނެވެ.
ހަމަލާގައި ޒަހަމްވި ނޫސްވެރިއެއް ކަމަށްވާ ގަދީއާއަށް މިހާރުވެސް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް ( ސީޕީޖީ) އިން ބުނީ ޣައްޒާގައި މިފަހަކަށް އައިސް ވަރުގަދަ މުޒާހަރާތައް ފެށިފަހުން އިސްރާއިލުން 23 ނޫސްވެރިއެއްގެ ގަޔަށް ބަޑިޖަހައިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ޝަހީދުވެފައެވެ.
Freelance journalist Abed Al Rahman Al-Kahlout was injured while covering yesterday's rallies in#Gaza#GazaReturnMarchhe sustained a bullet to the leg shot by#IsraeliSniper@rorypecktrustpic.twitter.com/DYI4Us6JoW
— JSCommittee (@jscommittee)April 28, 2018
ޕަލެސްތިނިއަން އެއިން މީޑިއާ އޭޖެންސީގެ ކެމެރާމަނެއް ކަމަށްވާ ޔާސީރު މުރުތަޖާ ވަނީ ޣައްޒާގައި ކުރިއަށް ދިޔަ މުޒާހަރާ ކަވަރުކުރަމުން ދަނިކޮށް އިސްރާއިލުގެ ސިފައިން ބަޑިޖެހުމުގެ ސަބަބުން މަރުވެފައެވެ.
އޭގެ އިތުރުން އެހެން ނޫސް ވެރިއެއް ކަމަށްވާ އަހުމަދު އަބޫ ހުސެއިން ވެސް ވަނީ އިސްރާއިލުގެ ސިފައިން ބަޑިޖެހުމުގެ ސަބަބުން މިދިޔަ މަހު މަރުވެފައެވެ. އެ ދެ ހާދިސާގައިވެސް ނޫސްވެރިން ތިބީ އެމީހުންނަކީ ނޫސްވެރިންކަން ރީއްޗަށް އެނގޭނެ "ޕްރެސް" ޖަހާފައިވާ ޔުނީފޯމް ލައިގެންނެެވެ.
އިސްރާއިލުން ބުނީ ނޫސްވެރިންނަށް ގަސްތުގައި ހަމަލާ ނުދޭ ކަމަށެވެ.