16 May 2018, 11:00
މާވެލް ޑެެޑްޕޫލް ފޭނުންނަށް ހާއްސަކޮށްގެން ޑެޑް ޕޫލް2ގެ ފޭން ސްކްރީނިން އެއް ހުޅުމާލޭ ޝްވެކް ސިނަމާގައި ރޭ ބާއްވވައިފިއެވެ.
ސަތޭކަ ފަންސާސް ރުފިޔާއަށް ޓިކެޓް ވިއްކައިގެން ބޭއްވި މި ޝޯއަށް ވަތް މީހުންގެ މެދުގައި ގުރުއަތެއް ނަގައި ތިން މީހަކަށް ހަދިޔާގެ ގޮތުގައި ޑެޑްޕޫލް މާޗެންޑައިިޒް ވެސް ވަނީ ދީފައެވެ.
ޑެޑްޕޫލް2 ގެ ފޭން ސްކްރީނިންގެ ތެރެއިން --- ފޮޓޯ: ޝްވެކް
ފޭނުންނަށް ހާއްސަ ޝޯ އަކަށްފަހު މިރޭ އޮންނާނީ ދައުވަތު އެރުވޭ ހާއްސަ ފަރާތްތަކާއި މީޑިއާއަށް ހާއްސަ ޝޯ އެކެވެ. މި ޝޯ ވެސް އަޅުވާނީ ހުޅުމާލޭ ޝްވެކް ސިނަމާގައެވެ.
އާންމުންނަށް ހާއްސަ ޝޯތައް ހުކުރު ދުވަހު ދައްކަން ފަށާއިރު މި ފިލްމުގެ ޓިކެޓް ބުކިން މިދިޔަ މަހުގެ 27ގައި ވަނީ ހުޅުވާލައިފައެވެ.
އެވެންޖާސް އިންފިނިޓީ ވާ ގެ ފޯރި ނުކެނޑި އުޅެނިކޮށް ޝްވެކް އިން ޑެޑްޕޫލް2 އަޅުވާފައިވާއިރު މި ފިލްމުގެ އިންތިޒާރުގައި ވެސް ގިނަ ބަޔަކު އެބަތިއްބެވެ. ފޭން ސްކްރީނިންގައި ފެނުނުކަހަލަ ފޯރި ކުރިއަށް އޮތް ޝޯތަކުންވެސް ފެންނާނެއެވެ.
ޑެޑްޕޫލް2 ގެ ފޭން ސްކްރީނިންގެ ތެރެއިން --- ފޮޓޯ: ޝްވެކް
މިއީ 2016 ވަނަ އަހަރު ނިކުތް ފިލްމު ޑެޑްޕޫލްގެ ސީކުއެލް އެކެވެ. ޑޭވިޑް ލީޗް ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖޯޝް ބްރޮލިން، ރަޔަން ރޭނޮލްޑްސް، ޒަޒީ ބީޓްސް، ޖެކް ކެސީ ހިމެނެއެވެ.