15 May 2018, 20:09
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ޚިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް އެ ކުންފުނިން މިއަދު ތަޢާރަފް ކޮށްފިއެވެ.
އުރީދޫއިން މިއަދު ތައާރަފްކުރި ހާއްސަ ޕްރޮމޯޝަންތަކާއި ހިދުމަތްތައް ފެށިގެންދާނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުންފެށިގެންނެވެ.
އުރީދޫއިން ބުނީ، އެ ހާއްސަ ޕްރޮމޯޝަންތަކަކީ ރަމަޟާން މަހުގެ އުފަލުގައި އުރީދޫގެ ކަސްޓަމަރުންނަށް ތައާރަފްކުރި ޕްރޮމޯޝަން ތަކެއް ކަމަށެވެ. އަދި ހާއްސަ ޕްރޮމޯޝަންތައް ފެށުމުގެ ކުރިން އުރީދޫއިން ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އުރީދޫގެ ކަށްޓަމަރުންނަށް ގުޅުމަށް ހިލޭ 50 މިނިޓް ހަދިޔާއެއް ގޮތުގައި ދީފައެވެ.
އުރީދޫގެ ހިލޭ 50 މިނިޓް ހޯއްދެވުމަށް GO ޖަހާފައި 5300 އަށް މެސެޖެއް ފޮނުވުމުން ލިބިގެންދާނެއެވެ.
ރަމަޟާން މަހަށް އުރީދޫއިން ތައާރަފްކުރި ހާއްސަ ޕްރޮމޯޝަންތައް:
އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާއެއްގައިވެސް އަގުހުރި އިނާމުތަކެއް ލިބޭ ލަކީ ޑްރޯއެއް:
އެ ލަކީޑްރޯގައި ބައިވެރިވުމަށް، “THAFAATHU POSTPAID” ޖައްސަވާފައި، 929 އަށް ހިލޭ އެސްއެމްއެސް އެއް ފޮނުވުމުން އޭގައި ބައިވެރިވެވޭނެކަމަށް އުރީދޫއިން ބުންޏެވެ.
ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
ފުރަތަމަ ހަފްތާ- "50 ގެ ޓީވީ، އަދި ހޯމް ތިއޭޓަރ ކިޓް.
- ދެވަނަ ހަފްތާ- ނިއުރޭޑިއަންޓް ޓީމާއި އެކު، 5 ބޭފުޅުންނަށް ރޯދަވީއްލުން.
- ތިންވަނަ ހަފްތާ- އައިފޯން X
- ހަތަރުވަނަ ހަފްތާ- ކަނޑުއަޑީގައިވާ އިތާ ރެސްޓޯރަންޓުގައި، ދެ ބޭފުޅަކަށް މެންދުރު ކެއުން.
އޭގެ އިތުރުން ރަމަޟާން މަސް ނިމުމުން ހާއްސަ ނަސީބުވެރިއެއް ހޮވައި ދެމީހެއްގެ ހަތަރުރޭގެ ހުރުމާއިއެކު، ރާއްޖޭގެ އެންމެ ބޮޑު ކްރޫޒް ހޮޓެލްގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.
އާއިލާއާއި ރައްޓަހިންނަށް 100 ޕަސެންޓް އިތުރު ޑޭޓާ ހަދިޔާ ކުރެވޭނެ ޕްރޮމޯޝަނެއް:އެގޮތުން އުރީދޫގެ މަގޭ ޕްލޭން މެދުވެރިކޮށް އާއިލާގެ ބޭފުޅުންނަށް ނުވަތަ ރައްޓެހިންނަށްނަށް ޑޭޓާ ޕެކް ހަދިޔާކުރެއްވުމުން، ހަދިޔާކުރެއްވި ޕެކްގެ ޑޭޓާ އެލަވަންސް ދެގުނަވެގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
ރޯދަމަހު ސޯޝަލް މީޑިޔާ ބޭނުން ކުރެއްވުމަށް އުރީދޫ އިން ހާއްސަ ޕެކްތަކެއް:
އެގޮތުން، އެންމެ 99 ރުފިޔާއަށް ވަޓްސެއެޕް، ސްނެޕްޗެޓް، ވައިބާ އަދި އިންސްޓަގްރާމް ބޭނުންކުރެއްވުމަށް 3 ޖީބީ ލިބިގެންދާނެއެވެ. އެއީ ނޯމަލް ޕެކްގެ ތިން ގުނަ އިތުރު އަދަދެކެވެ. އެ ޚިދުމަތް ހޯއްދެވުމަށް، #2*2*929* ޖެއްސެވުމަށް ފަހު 929 އަށް ގުޅާލުމުން ހިދުމަތް ލިބިގެންދާނެއެވެ.މި ރަމަޟާން މަހު، ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭން ސައުދީ ޕްލޭން 99:އެންމެ 99 ރުފިޔާގެ އެ ހާއްސަ ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ހިލޭ މިނިޓް ބޭނުންކުރުމަށްފަހުވެސް، މިނިޓަކު އެންމެ 2.99 ރުފިޔާއަށް ސައުދީއަށް ގުޅާލެވޭނެއެވެ. މިޕެކޭޖް ބޭނުން ކުރެއްވުމަށް، “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ #18*929* އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓްވާނެއެވެ.
އޭގެ އިތުރުން އެގައުމުގައި ރޯމިންގް ބޭނުންކުރައްވާއިރު 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.
މި ރޯދަމަހު، އުރީދޫގެ ހަލުވި ސްޕީޑުގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ އައު ކަނެކްޝަން އެއް އިޚްތިޔާރުކުރެއްވުމުން، 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އެ ޕްރޮމޯޝަންތަކާއި ހިދުމަތްތަކުގެ އިތުރުން މިއަހަރުގެ ރޯދަމަހު ރޯދަކުރު ކުރުމުގެ ގޮތުން އުރީދޫއިން މިއަދުވަނީ "ކައްކަނީ ކޯއްޗެއް؟" ގެ ނަމުގައި އެސްއެމްއެސް ކުއިޒްއެއްވެސް ތައާރަފް ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް، ކައްކަނީ ކޮންއެއްޗެއްކަން ދިމާކުރައްވައިގެން، އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ވަރަށް ހިތްގައިމު އިނާމުތައް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
ބަރަކާތްތެރި ރަމަޟާން މަހާއި ގުޅުވައިގެން ގިނަ ޕްރޮމޯޝަންތަކާއި ހިދުމަތްތައް ކޮންމެ އަހަރަކުވެސް އުރީދޫއިން ދެމުން އަންނަ އިރު މި އަހަރުވެސް އުރީދޫއިން ވަނީ ހިލޭ ލިބޭ ހިދުމަތްތަކެއްވެސް ތައާރަފް ކޮށްފައެވެ.
ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:
އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
- ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
- އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GO< space >R ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.
- އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާ ބެހޭ މައުލޫމާތު ހޯއްދެވުމަށް، GO< space >C ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.
އުރީދޫއިން ބުނީ، ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. ފިތުރު ޒަކާތް ދެއްކެވުމަށް #909* އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާ ނުލާ ޒަކާތް ދެއްކޭނެ ކަމަށް އުރީދޫއިން ބުންޏެވެ.