05 Sep 2011, 14:36
އުފަން ދަރިއަކާ އެކު ޖިންސީ އަމަލު ހިންގި ބައްޕަ އަކު އުމަރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އުފަން ދަރިއާ އެކު ޖިންސީ އަމަލް ހިންގި ކަމުގެ ކުށް ސާބިތުވެގެން އުމުރަށް )25 އަހަރަށް( ޖަލަށް ލުމަށް ހުކުމް ކުރީ ނ. މާފަރު މީހެއްގެ މައްޗަށެވެ. އެ ކޯޓުން ބުނީ އެ ހުކުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ބޮޑު ހުކުމެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އެ ގާނޫގެ ދަށުން މިދިޔަ އަހަރު ވެސް މީހެއްގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއްކޮށްފައިވެ އެވެ. އެ ފަހަރު ހުކުމް ކުރީ ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތެއްގައި ކުޑަކުއްޖެއްގެ ކޮޓަރި އަށް ވަތް މީހަކު މީހެއްގެ މައްޗަށެވެ.