އިސްލާމިކް ފައިނޭންސިންއާއި ކެޕިޓަލް މާކެޓްގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އާއި އިސްލާމީ ޔުނިވަރސިޓީން އެއްބަސްވެއްޖެއެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު އެ ދެ މުއައްސަސާއިން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ސީއެމްޑީއޭއިން ތައްޔާރުކޮށް ޝާއިއުކުރާ އިސްލާމިކް ފައިނޭންސް އަދި މާލީ ދާއިރާއާ ގުޅޭ ލިޔުންތައް ޔުނިވާސިޓީގެ ކުތުބުޚާނާއަށް ފޯރުކޮށްދޭނެއެވެ.

އަދި ޔުނިވާސިޓީގެ މުވައްޒަފުންނަށާއި ދަރިވަރުންނަށް އަމާޒުކޮށްގެން ފައިނޭންސަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމްތައް ހިންގައި ޔުނިވާސިޓީގައި އެ ދާއިރާއިން ދިރާސާތައް ކުރުުމަށް ޓެކްނިކަލް އެހީ ފޯރުކޮށްދޭނެއެވެ. އަދި ޔުނިވާސިޓީ ދަރިވަރުންގެ ދިރާސާތަކުގައި ކެޕިޓަލް މާކެޓާ ގުޅޭ މައުލޫތައް ހިމަނާނެއެވެ.

މި އެއްބަސްވުމާއެކު ކެޕިޓަލް މާކެޓުގެ ދާއިރާ އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.