14 May 2018, 16:15
ރިޔާސީ އިންތިހާބުގެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ ކޮމިޓީގައި ޖުމްލަ 18 މެމްބަރުން ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން މެމްބަރަކާއި ޕީޖީ އޮފީސް، އޭޖީ އޮފީސް އަދި ސިޔާސީ ކޮންމެ ޕާޓީއަކުން މަންދޫބެއް ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
ފުރަތަމަ ބައްދަލުބުން ބާއްވަން ނިންމާފައި ވަނީ މާދަމާ މެންދުރު 11 ޖަހާއިރު އެވެ.
އިންތިހާބާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އީސީން ކުރަމުން ދާއިރު ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.