12 May 2018, 18:32
މީސް މީޑިއާގައި ވައިރަލްވި ސާމަރާދޫނީ އެންމެ ފަހުން އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ ސާމަރާދޫނީގެ ވެރިފަރާތް ހޯދައި އެފަރާތާ އެ ދޫނި މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ސާމަރާދޫނީގެ ވެރިފަރާތުން ވެސް ވަނީ އެ ދޫނި އެ ފަރާތާ ފުލުހުން ހަވާލުކޮށްފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.
We got our peacock thank you :) and many thanks to@PoliceMvMaldives police service giving us it back :)pic.twitter.com/P9wf9xKQIS
— Ahmed yamin (@yarey_yarey)May 12, 2018
ސާމަރާ ދޫންޏަކީ ރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމަށް މީހުން ކިޔައިއުުޅުނަމަވެސް، ފުލުހުން ބުނީ ސާމަރާ ދޫނި ގެންގުޅުން މަަނަލެއް ނޫން ކަމަށެވެ.
އެނގިފައިވާ ގޮތުގައި މާލޭގެ ގެެއެއްގައި ގެންގުޅެމުން އައި އެ ދޫނި ގެއްލިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ދޫނި ގެއްލުމަށްފަހު ހެންވޭރުގެ ގެެއެއްގެ ފުރާޅު މަތީ އިންދައި އެ ދޫނި ފެނިގެން މީސްް މީޑިއާއަށް މީހަކު ލުމާއެކު، އެ "ޕޯސްޓު" ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔައެވެ. އެއްބަޔަކު އެއީ " އެޑިޓް" ކޮށްފައިވާ ފޮޓޯއެއް ކަމަށްވެސް ބުނެއުޅުނެވެ.
ސާމަރާ ދޫންޏަކީ ރާއްޖޭގައި އާންމުކޮށް ފެންނަ ދޫންޏެއް ނޫނެވެ. ނަމަވެސް މީގެ ކުރިން ކުޑަކުދިންގެ ބަގީޗާގައި ސާމަރާ ދޫނިތަކެއް ގެންގުޅެފައި ވެއެވެ.