އައިފޯނުގެ އެންމެ ފަހުގެ މޮޑެލްތައް ކަމަށްވާ އައިފޯނު 8، އައިފޯނު 8 ޕްލަސް އަދި އައިފޯނު އެކްސް އިން އެޗްޑީއާރުކޮށް ޔޫޓިއުބް ބެލޭނެ ކަމަށް ޔޫޓިއުބުން ބުނެފިއެވެ.

އެޗްޑީއާރްކޮށް ބަލާނަމަ، އާންމުކޮށް ވީޑިއޯގެ ކުލަ ހުންނަ ވަރާ އަޅާބަލާއިރު ކުލަ ގަދަވެފައި ސާފުވާނެއެވެ. ބޮޑަށް ވައްތަރުވާނީ ސްކްރީނަކުން ވީޑިއޯ ބެލުމަށްވުރެ، ކުޑަދޮރުން ބޭރުބަލާއިރު ފެންނަ ފަދަ ގޮތަކަށެވެ. އެހާވެސް ސާފުވެފައި ރީތިވާނެއެވެ.

އެޗްޑީއާރުކޮށް ބެލުމަށް އެ ފީޗާ ސަޕޯޓުކުރާ ފޯނެއް ބޭނުންވާނެއެވެ. ފަހުގެ ސްމާޓް ފޯނުތަކުގައި މި ފީޗާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

އެޗްޑީއާރުކޮށް ބެލޭނެ ގިނަ ވީޑިއޯތަކެއް ޔޫޓިއުބްގައި މިހާރު އެބަހުއްޓެވެ. 480ޕީ ފަދަ ދަށް ރެޒޮލިއުޝަނުން ފެށިގެން 1080ޕީ އާ ހަމައަށް އެޗްޑީއާރުކޮށް ވީޑިއޯ ބެލޭނެއެވެ.