11 May 2018, 10:43
މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00ގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ބުންޏެވެ.
ވައިޖެހޭނީ ދެކުނާއި ހުޅަނގުން ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައެވެ.
ކުރިއަށް އޮތް ދެތިން ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ނުވެހުނު ނަމަވެސް ކުރިއަށް އޮތްގަޑިތަކުގައި ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ.