ފެނުގެ ވިއުގައިގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބައެއް ހިސާބުތަކުން ފެން ކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކުރިއަށްދާ ވަގުތު މާފަތްތަކުރުފާނުމަގުގައި ހިމެނޭ 383، 384، 385 އަދި 386 ނަމްބަރު ކޮށިން ފެން ކަނޑާލާނެ ކަމަށެވެ.

އަދި ބޮޑުތަކުރުފާނުމަގުގައި ހިމެނޭ 382 އަދި 387 ނަމްބަރު ކޮށްޓާއި، ބުރުޒުމަގާއި ވައިދެރި ހިނގުމުގައި ހިމެނޭ 204 އަދި 237 ނަމްބަރު ކޮށްޓާއި، ވައިދެރި ހިނގުމުގައި ހިމެނޭ 205 ނަމްބަރު ކޮށްޓާއި، އަމީނީމަގާއި ވައިދެރި ހިނގުމުގައި ހިމެނޭ 239 ނަމްބަރު ކޮށްޓާއި ބުރުޒު މަގުގައިވާ 238 ނަމްބަރު ކޮށީގެ ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި ހުރިހާ ބްލޮކުން ވެސް ހޮނިހިރު ދުވަހު ފެން ކަނޑާލުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށެވެ.

ފެން ކުންފުނިން ބުނީ އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ނިހާޔަތައް މައާފަށް އެދޭ ކަމަށެވެ.