10 May 2018, 14:30
ބޮލީވުޑްގެ ބަތަލާ ނެހާ ދޫޕިއާ (37) ކައިވެނިކޮށްފިއެވެ.
އޭނާ ކައިވެނިކޮށްފައިވަނީ އޭނާގެ ޒަމާންވީ އެކުވެރިޔާ އަންގަދް ބޭދީ (35) އާއެވެ.
ކައިވެނި ކުރުމަށްފަހު ނެހާ ކުރި ޓްވީޓްގައި ބުނެފައިވަނީ މި ކައިވެންޏަކީ އޭނާގެ ހަޔާތުގައި ވެސް ނެގުނު އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
"މިއަދު އަހަރެން މި ކައިވެނި ކުރީ އެންމެ ގާތް އެކުވެރިޔާއާ. މިއީ ނެގުނު އެންމެ ރަނގަޅު ނިންމުން،" އޭނާ ބުންޏެވެ.
Best decision of my life.. today, I married my best friend. Hello there, husband!@Imangadbedi❤️pic.twitter.com/a2ePsaXUNN
— Neha Dhupia (@NehaDhupia)May 10, 2018
ނޭހާ ވަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "ޖޫލީ"، "އޭ ދިލް ހޭ މުޝްކިލް" އަދި "އައި އޭމް 24" ހިމެނެއެވެ.
އަންގަދްއަކީ ވެސް ބޮލީވުޑްގެ ތަރިއެކެވެ. އޭނާ ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުގައި ހަރަކަތްތެރިވެފައެވެ. އޭގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ"، "ޑިއާ ޒިންދަގީ" އަދި "ޕިންކް" ހިމެނެވެ.
ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ލޯބިވެރިޔާ އާނަންދް އަހޫޖާވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ކައިވެނިކޮށްފައެވެ.