10 May 2018, 13:46
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ޝޫޓިން އަކަށް ރާއްޖެ އައިސްފިއެވެ.
މެގަޒިން އެއްގެ ޝޫޓިން އަކަށް ޕަރިނީތީ މިއަދު ހެނދުނު މާލެ އައިސްފައިވާކަން އޭނާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައެވެ.
އިންސްޓަގްރާމުގައި އާންމުކުރި ސްޓޯރީއެއްގައި ބުނެފައިވަނީ ޕަރިނީތީ އާ އެކީ މަޝްހޫރު ފޮޓޯގްރާފަރު އަބޭ ސިންގް އާއި ސްޓައިލިސްޓް ދިވްޔަކް ޑިސޫޒާ ވެސް ބައިވެރިވާ ކަމަށެވެ.
ޕަރިނީތީ ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައި ވެސް ރާއްޖެ އައިސްފައެވެ. އެ ފަހަރު އޭނާ މަޑުކޮށްފައިވަނީ ސަން އައިލޭންޑް ރިސޯޓްގައެވެ. ނަމަވެސް މިފަހަރު އައިސް ހުންނާނެ ރިސޯޓެއް ހާމަކޮށްފައެއް އަދި ނުވެއެވެ.
އޭނާ ބޮލީވުޑަށް ނިކުމެފައިވަނީ 2011 ވަނަ އަހަރު ޔާޝް ރާޖްސް ފިލްމްސް އިން އުފެއްދި "ލޭޑީ ވާސަސް ރިކީ ބަލް" އިންނެވެ.