މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން، އާންމުންގެ އެހީއަށް އެދެފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ ވީޑިއޯގައި، ޒުވާން ފިރިހެނަކު މަޖީދީމަގު އާޓިފިޝަލް ބީޗްކައިރީ ނިމޭ ސަރަހައްދު ( ސޫމް ކެފޭ) ކައިރީގައި ދުވާލު ހަރަކާތްތެރިވަމުންދާ ތަން ފެނެ އެވެ. އަދި އޭނާ ދަބަހެއް ހިފައިގެންދާ މަންޒަރު ވަރަށް ރީއްޗަށް ފެނެ އެވެ.

އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެފަދަ ކަންކަމުގައި ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފަ އެވެ.