04 Sep 2011, 15:10
ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރާ، ޑީއާރުޕީގެ ހަތް މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމަށް މިއަދު ޕާޓީ އޮފީހަށް ސިޓީ ފޮނުއްވައިފި އެވެ.
ޒެޑް ޑީއާރުޕީ އަށް ނިސްބަތްވާ، އެ ޕާޓީގެ އޮފިޝަލަކު ނަން ހާމަ ކުރުމަށް އުޒުރުވެރިވެ، ވިދާޅުވީ މިއަދު ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ޑީއާރުޕީ އޮފީހަށް ސިޓީ ފޮނުއްވީ، ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ހުސައިން މަނިކާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ނިލަންދޫ ދާއިރާގެ އަބްދުލްމުހުސިން އަލީ އާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގު ހަސަނާއި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ކަމަށެވެ.
ޒައީމް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީ ފޯމް ކުރުމުގައި އެ ބޭފުޅުން އިސް ދައުރެއް އަދާ ކުރައްވަ އެވެ.
އެ ހަތް މެންބަރުންގެ އިތުރަށް ޑީއާރުޕީ ކައުންސިލް މެންބަރު މުހައްމަދު ވަހީދު ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގަތުމަށް މިއަދު ސިޓީ ފޮނުއްވައިފަ އެވެ.