09 May 2018, 23:34
ވިމެން އިން މެނޭޖްމެންޓުން މާކެޓިން އާ ގުޅޭ ދެ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.
އަދާރަން ހުދުރަންފުށީގައި ބާއްވާ މި ދެ ވޯކްޝޮޕްގެ ތެރެއިން މިމަހުގެ 12 ވަނަ ދުބަހު ބޭއްވުމަށް ނިންމާފައިވަނީ "ބިލްޑިން މައި ކެރިއާ" މި ތީމް ގެ މައްޗަށެވެ. މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާނީ ޝިރާނާޒް ކެނޭ އެވެ. އޭނާ އަކީ މަހަރާޖް ގްރޫޕުގެ އެސްބީޔޫ އެއްގެ މާކެޓިން ޑިރެކްޓަރެވެ.
މި ވޯކްޝޮޕްގައި އަމިއްލަ ނަފްސުގއި ހުރި ގާބިލިއްޔަތުކަން ކުރިއެރުވުމާއި، އަމިއްލަ މީހާ ބްރޭންޑެއްގެ ގޮތުގައި ބިލްޑް ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ނަފްސު ކުރިއަރުވާނެގޮތާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެއެވެ.
ވިޔަވާރިތައް ހިންގާ ކަނބަލުންނާއި ކޮލެޖް ޔުނިވާސިޓީ ދަރިވަރުންގެ ތެރެއިން ބިޒްނަސް ކިޔަވާ އަންހެން ދަރިވަރުންނަށެވެ.

މިމަހުގެ 13 ވަނަ ދުވަހުވެސް އެ ޖަމްއިއްޔާ އިން ވަނީ މާކެޓިން އާ ގުޅޭ ވޯކްޝޮޕެއް ބާއްވަން ނިންމައިފައެވެ. މި ވޯކްޝޮޕްވެސް ހުދުރަންފުށީގައި ބާއްވާއިރު މިއީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ގައި ވާދަވެރިކަން އިތުރު ކުރުމާ ގުޅޭގޮތުން ބާޢްވާ ވޯކްޝޮޕްއެކެވެ. މަޓާޓޯ އާ ގުޅިގެން ބާއްވާ މި ވޯކްޝޮޕް ފެސިލިޓޭޓްކޮށްދެއްވާނީ ޑރ. ރޯހަންތާ އަތޫކޮރާލާ އެވެ. އޭނާ އަކީ ޓުއަރިޒަމް މާކެޓިންގެ ފުންނާބު އުސް ބޭފުޅެކެވެ.
މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ ޓުއަރިޒަމް މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ކަސްޓަމާ ކެއާ މުވައްޒަފުންނާއި އެއާޕޯޓް ރެޕްރެޒެންޓޭޓިވުން އަދި ޓްރެވަލް ގައިޑުން، ޓްރެވަލް އެޖެންޓުންވެސް ހިމެނެއެވެ.
މި ދެ ވޯކްޝޮޕްގައި ބައިވެރިވުމަށް ވިމެން އިން މެނޭޖްމެންޓުގެ މެންބަރުން ދައްކަން ޖެހޭ ފީ އަކީ 750 ރުފިޔާއެވެ. މެންބަރު ނޫން ފަރާތްތަކުން 1000 ރުފިޔާ ދައްކައިގެން ބައިވެރިވަން ފުރުސަތު ހުޅުވާލާފައި ވާއިރު ކޯޕަރޭޓް ރޭޓަކީ 850 ރުފިޔާ އެވެ.
ވޯކް ޝޮޕްގައި ބައިވެރިވުމަށް ވިމެން އިން މެނޭޖްމެންޓުގެ ފޯނު ނަންބަރު 7946687 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކޮށްގެން ބައިވެރި ވެވޭނެއެވެ.