އެމްޕީއެލްއިން ހިންގާ މާލެ ވިޔަފާރި ބަނދަރުގައި ހިނގި އެކްސިޑެންޓެއްގައި ފޯކް ލިފްޓެއްގެ ދަށުގެ ފައި ޗިސްވި މީހާގެ ފައި ބުރިކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އަނިޔާވި މީހާގެ އޮޕަރޭޝަނެއްކޮށް ފައި ބުރިކޮށްލާފައިވާ ކަމަށެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި ސާޖަރީ އަށް ފަހު 8:30 ހާއިރު ވޯޑަށް ބަދަލުކޮށްފައިވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އަދު 11:56ގައި ހިނގި މިހާދިސާގައި އަނިޔާވީ މަޖޫރީއަކަށެވެ. އޭނާއަކީ ރ. ދުވާފަރަށް ނިސްބަތްވާ ދިވެއްސެކެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެ ހާދިސާ އާ ގުޅިގެން އެމްޕީއެލްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.